މާލެއިން ޓެކްސީއަކަށް އެރި އަންހެނަކު ގަދަކަމުން ހުޅުމާލެ ގެންގޮސް ޖިންސީ ގޯނާކުރި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި

މާލެއިން ޓެކްސީ ދަތުރެއް ނެގި އަންހެން ކުއްޖަކު ގަދަކަމުން ހުޅުމާލޭ ދެވަނަފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެެ. ދުވަހަށް މައުލޫމާތުދެއްވަމުން...

07 Mar 2022 | 04:52

މާލެއިން ޓެކްސީ ދަތުރެއް ނެގި އަންހެން ކުއްޖަކު ގަދަކަމުން ހުޅުމާލޭ ދެވަނަފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނަކު ހުޅުމާލެ ފޭސް 2 އަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކރެވޭ މައްސަލައެއް ރޭ 12:50ގައި ފުލުހުންނަށް ރިޕޯޓްކުރިކަމަށެވެ.

"މި މައްސަލައާއި ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ރޭގައި ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

ދުވަހަށް މަައުލޫމާތު ލިބިފައިވާގޮތުގައި އަންހެން މީހާ މަގުމަތިން ޓެކްސީއެއް ނެގީ ހެންވޭރުން މާފަންނަަށް ދިއުމަށެވެ. ނަމަވެސް ކާރުގެ ދޮރުތައް ލޮކް ކޮށްލުމަށްފަހު ޓެކްސީ ޑްރައިވަރު ދިޔައީ ބާރު ސްޕީޑްގައި ހުޅުމާލޭ ފޭސް ދެއަކަށެވެ. ޖިންސީ ގޯނާ ކުރީ ހުޅުމާލޭ ފޭސް2 ގެ ބީޗް ސަރަހައްދަށް ގެންދިއުމަށްފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް