ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމަށްވާ ޕްރިޔަންކާ ޗޮޕްރާ އާއި ދީޕިކާ ޕަދުކޯންއަކީ މިހާރު ހޮލީވުޑްގެވެސް ތަރިންނެވެ. ޕްރިޔަންކާ ޓީވީ ސީރީޒްއެއްކަމަށްވާ " ކްޔަންޓިކޯ" އިން ފެނިގެންދާއިރު ދީޕިކާ ފެނިގެންގޮސްފައިވަނީ ހޮލީވުޑްގެ ފިލްމު " ޓްރިޕްލް އެކްސް: ރިޓާންސް އޮފް ޒެންޑަރ ކޭޖް" އިންނެވެ. ދާދިފަހުން ދީޕިކާގެ ފިލްމު ވަނީ ރިލީޒްކޮށްފައެވެ. ޕްރިޔަންކާ ކުޅެމުންދާ ސީރީޒްގެ ދެވަނަ ސީޒަން މިހާރު ފެންނަމުންދާއިރު ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފިލްމު " ބޭވޮޗް" މިއަހަރު ތެރޭގައި ރިލީޒްކުރެވޭނެއެވެ.
މިދެތަރިން ހޮލީވުޑަށް ނިކުމެފައިވާއިރު ހޮލީވުޑްގެ ޚަބަރުތައް ކަވަރުކުރާ ފަރާތްތަކަށް ޕްރިޔަންކާ އަކީ އާ މޫނެއްނޫނެވެ. އެފަރާތްތަކަށް ދީޕިކާއަކީ އާ މޫނަކަށްވާތީ މީގެކުރިންވެސް ވަނީ ދީޕިކާ އަށް ޕްރިޔަންކާގެ ނަމުން މުޚާތަބުކޮށްފައެވެ. އެގޮތުން ދީޕިކާގެ ފިލްމު ޕްރޮމޯޝަން ތަކުގައި މީޑިޔާއިން ވަނީ ދީޕިކާ އަށް ޕްރިޔަންކާގެ ނަމުން މުޚާތަބުކޮށްފައެވެ. ފިލްމުގެ ޕްރޮމޯޝަންތަކަށްފަހު ފިލްމު ރިލީޒްވެސް ކޮށްފިއެވެ. ދީޕިކާ އެތައް ޓީވީ ޝޯވ ތަކާއި ރެޑް ކާޕެޓްގައިވެސް ހިނގައިފިއެވެ. އެހެންނަމަވެސް އަދިވެސް އެމީހުންނަށް ޕްރިޔަންކާ އާއި ދީޕިކާ ވަކިކުރަން އިނގޭކަމަކަށްނުވެއެވެ.
އެންމެ ފަހުން ދިމާވި ހާދިސާއަކީ ދީޕިކާ ލޮސްއެންޖެލަސްގެ އެއަރޕޯޓުން ކާރަށް އަރަން ދިޔަތަން ފެނިގެން ކެމެރާ މަނުންތަކެއް ދީޕިކާ އަށް " ހެލޯ ޕްރިޔަންކާ " ، " އިޓްސް ޕްރިޔަންކާ "، " ޕްރިޔަންކާ އިޒް ބެކް" ކިޔާ މުޚާތަބްކުރުމެވެ. ވީޑިއޯގައި ދީޕިކާ އެއަރޕޯޓުން ދިޔުމަށްޓަކައި ކާރަށް އަރަން އަންނަ ތަން ފެންނައިރު ފަހަތުން އިވޭ އަޑަކީ ޕްރިޔަންކާ އޭ ކިޔާ އޭނާ އަށް މުޚާތަބުކުރާ އަޑެވެ. ވީޑިއޯ އިން ފެންނަގޮތުން ދީޕިކާ މިކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ރީތިކޮށް ހިނގާލާފައިގޮސް އޭނާ ކާރަށް އަރާތަން ވީޑިއޯ އިން ފެނިގެންދެއެވެ.
ޕްރިޔަންކާ އާއި ދީޕިކާގެ މި އަޅާކިޔުމާމެދު ދީޕިކާ މީގެކުރިން ބުނެފައިވަނީ ދެމީހުންގެ އަޅާކިޔުންތައް އެގޮތަށް ގެންގުޅޭތީ އޭނާއަށް އެކަންވަނީ ވަރަށް އާ އެހެންކަހަލަ ކަމަކަށްކަމަށެވެ. އެއީ ދެމީހުންނަކީވެސް ތަފާތު ދެ މަގުން ދާ ދެމީހުންކަމަށްވެފައި ދެމީހުން މީޑިޔާއަށް އޮޅިގެން ވާނެ ސަބަބެއް އޮތްކަމަށް އޭނާއަށް ނުފެންނާތީކަމުގައި ދީޕިކާވަނީ ބުނެފައެވެ. މީޑިޔާއަށް ދީޕިކާ އާއި ޕްރިޔަންކާ މިއޮޅޭ އޮޅުން ދާދި އަވަހަށް ހައްލުވެގެންދާނެކަމަށް އުންމީދުކުރަމާ ހިނގާށެވެ. ދީޕިކާގެ ފިލްމު ރިލީޒްވެފައި އޮތުމާއި ޕްރިޔަންކާގެ ފިލްމު ރިލީޒްވާން ތައްޔާރުވަމުންދާތީ މީޑިޔާއަށް މިދެމީހުން ވަކިކުރަން ކުރިޔަށް އޮތް ތާންގައި ފަސޭހަވެގެން ހިނގައިދާނެތާއެވެ.
https://www.youtube.com/watch?v=AhZiOAG9TEk#action=share
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް