މަސްދުވަސް ވީތަނާ މައްޔިތާ އުފުލާ ފެރީ ހަލާކުވެ އުނދަގުލާއި ކުރިމަތިވެއްޖެ

މާލޭގައި މަރުވާ މައްޔިތުން ހުޅުމާލޭގައި ވަޅުލާން ފެށިތާ މަހެއްހާ ދުވަސް ވީތަނާ މައްޔިތުން ހުޅުމާލެއަށް އުފުލާ ފެރީ ހަލާކުވެއްޖެ އެވެ. ހުޅުމާލޭ ގަބުރަސްތާނުގައި މީހުން ވަޅުލާން ފެށީ ފެބްރުއަރީ އެކަކުން...

07 Mar 2017 | 10:31

މާލޭގައި މަރުވާ މައްޔިތުން ހުޅުމާލޭގައި ވަޅުލާން ފެށިތާ މަހެއްހާ ދުވަސް ވީތަނާ މައްޔިތުން ހުޅުމާލެއަށް އުފުލާ ފެރީ ހަލާކުވެއްޖެ އެވެ.

ހުޅުމާލޭ ގަބުރަސްތާނުގައި މީހުން ވަޅުލާން ފެށީ ފެބްރުއަރީ އެކަކުން ފެށިގެންނެވެ. ހުޅުމާލެއަށް މައްޔިިތާ ގެންދާ ފެރީއަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ތިލަފުށްޓަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ވިދާޅުވީ މައްޔިތުން އުފުލާ ފެރީއަށް ދިމާވި މައްސަލަ ހައްލުކޮށް  މިއަދު އެ ފެރީ  ބޭނުން ކުރަން ފަށާނެ ކަމަށެވެ.

މައްޔިތުން އުފުލާ ފެރީގައި މައްސަލަ ދިމާވުމުން މިއަދާ ހަމައަށް މައްޔިތުން އުފުލަނީ ހުޅުމާލެ އާއި މާލެ އާއި ދެމެދު ސައިކަލް އުފުލާ ފެރީގައި އެވެ. އެ ފެރީގައި މައްޔިތާ ގެންދަން އުފުލަންޖެހޭ ތަކުލީފު ބޮޑުކަމުން ބައެއް މީހުން ވަނީ ޝަކުވާކޮށްފައި އެވެ.

އެ ފެރީގައި މައްޔިތާ ތައްޓު މަތީގައި ބާއްވާފައި އޮންނަ އިރު ވެއްޓިދާނެތީ އާއިލާގެ މީހުން ތިބެންޖެހެނީ ދެ ފަރާތުން ހިފަހައްޓައިގެންނެވެ. މައްޔިތާ އުފުލުމަށް ހާއްސަ ފެރީގައި މައްޔިތާ އަށް ހާއްސަ އަށިމަތީގައި ބާއްވާފައި އޮންނަ އިރު ނުވެއްޓޭގޮތަށް ބެލްޓް އެޅުވެން ހުރެ އެވެ.

މައްޔިތާ އާއި އެކު 40 މީހުންނަށް ހާއްސަ ފެރީގައި ދެވެ އެވެ.

މިނިސްޓްރީން ބުނެފައިވަނީ ބްރިޖް ބޭނުން ކުރަން ފެށުމުން މިހާރު މައްޔިތާ ހުޅުމާލެއަށް ގެންދިއުމުގައި ދިމާވާ ހުރިހާ ދަތިތަކެއް ހައްލުވާނެ ކަމަށެވެ. މިކަމާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ބްރިޖް ހުޅުވެންދެން އާންމުންނަށް މިހާ ބޮޑު ތަކުލީފެއް ޖެއްސުމަށް ވުރެ މަޑުކޮށްލުން ރަނގަޅުވީސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް