އެމްޑީޕީގެ ޓިކެޓުގައި އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންނަށް މާލީ އެހީ ދޭން އެ ޕާޓީން ނިންމައިފި އެވެ.
މާދަމާ ފާހަގަ ކުރާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފަިވަނީ ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންގެ ބައިވެރިވުން އޮތް ނަމަވެސް އިންތިހާބީ މަގާމުތަކުގައި އަންހެނުންގެ އަދަދު ވަރަށް މަދު ކަމަށެވެ. އަންހެން ކެންޑިޑޭތުންގެ ކެމްޕެއިނަށް މާލީ އެހީދޭން ނިންމީ މިފަދަ މަގާމުތަކުގައި އަންހެނުންގެ ހިިއްސާ އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އަންހެނުންނަށް އިންތިހާބުތަކުގައި ވާދަ ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގަ އަންހެނުންނާމެދު މުޖުތަމައުން ދެކޭ ގޮތާއި މާލީ ފުދުންތެރިކަން ނެތުމާއި، އާއިލީ ޒިންމާތަކުގެ ސަބަބުން އަންހެނުންނަށް އެފަދަ މަގާމުތައް އަދާ ކުރުމަށް ހުރަސް އެޅިފަިއވާ ކަމަށެވެ.
"އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އިންތިޒާމުކޮށްގެން އަންހެނުންނަށް ވާހަކަދެއްކުމާއި ކެމްޕޭން ކުރުމުގެ ތަމްރީންތައް ވަނީ ހިންގާފައެވެ. މިހާރު ކުރިއަށްދާ މިފަދަ ތަމްރީންތަކުގެ އިތުރުން ކެމްޕޭން ފައިނޭންސް އަންހެން ކެންޑީޑޭޓުންނަށް ފޯރުކޮށްދިނުމާއެކު ސިޔާސީ މައިދާނުގައި މަސައްކަތްކުރުމަށް އެންހުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމުގައި އެމް.ޑީ.ޕީން އުންމީދުކުރަން،" އެމްޑިޕީގެ ބަޔާނުގައި ބުވެފައިވެ އެވެ.
ދިރާސާގެ އަލީގައި އެމްޑީޕީން ބުނީ ރާއްޖޭގައި އިންތިހާބީ މަގާމުތަކުގައި ތިބީ އެންމެ ފަސް ޕަސެންޓު މީހުންކަމަށާއި އެމްޑީޕީން ބޭނުންވަނީ އެ އަދަދު ބޮޑުކޮށް އަންހެނުންގެ ހިއްސާ އިތުރު ކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް