ފަސް ރަށެއްގައި އެއާޕޯޓު އަޅަން މެލޭޝިޔާ ކުންފުންޏަކާއި ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ.ނިލަންދޫ، ގދ.މާވަރުލު އަދި ފަރެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓު އެޅުމަށް މެލޭޝިޔާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި ސަރުކާރު ފަރާތުން...

07 Mar 2017 | 05:55

ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ.ނިލަންދޫ، ގދ.މާވަރުލު އަދި ފަރެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓު އެޅުމަށް މެލޭޝިޔާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސަރުކާރު ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ގްރިފޮން ކޯޕަރޭޝަްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ކުއިންޓެންނެވެ.

މިއީ 57.5 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަންޖެހެނީ އަންނަ އަހަރުގެ އޮކްޓޯބަރަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އެއާޕޯޓުތަކުގެ ތެެރެއިން މާވަރުލު އެއާޕޯޓު މިއަހަރު ހުޅުވޭނެ ކަމަށެވެ. އަދި މާވަރުލާއި ފުނަދޫ އެއާޕޯޓަކީ މީގެ ކުރިންވެސް ބަޔަކާއި ހަދަން ހަވާލުކޮށް ނުހެދި ހުރި އެއާޕޯޓުތަކެކެވެ.

ނިލަންދޫ އާއި ފަރެސްމާތޮޑާއި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ އެރަށްތައް ހިއްކަިއގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް