މިއީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަޝްހޫރު ފޮޓޯ އެކެވެ.
ޗައިނާގެ ހޮސްޕިޓަލެއްގައި މީހެއްގެ އޮޕަރޭޝަނެއްން ކުރާއިރު ޑޮކްޓަރަކު ބަލި މީހާގެ ކަނދުރާ ދަށަށް އަތް ލައިގެން އެނދު ކައިރީ ކޮޅަން ހުންނަ މަންޒަރެވެ. އޮޕަޜޭޝަން ނިމެންދެން އެ ޑޮކްޓަރު ހުރީ އެހެންނެވެ.
އެކަން ހިނގާދިޔާ ގޮތާއި ބެހޭގޮތުން މީޑިއާގައި ރިޕޯޓު ކޮށްފައިވާގޮތުގައި އެ ބަލި މިހާ އަކީ އުމުރުން 102 އަހަރުގެ އަންހެނެކެވެ. އޭނާ ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވޭނެ ހަމަ އެއްވެސް ގޮތެއް ނޭނގުނެވެ.
ކަށިތަކަށް ލިބިފައިވާ ގެއްލުންތައް ރަނގަޅު ކުރަން އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެކަމަކު އެ އަޮޕަރޭޝަން ކުރަން އެއްވެސް ވައްތަރެއްގެ އެނދެއްގައި އެމީހާއަށް ތަދު ނުވާ ގޮތަކަށް ނުބޭއްވުނެވެ. އެހެންވެ އެތައް އިރަކު އޮޕަރޭޝަން ނުކުރެވިގެން ޑޮކްޓަރުން މަޑު ކުރަން ޖެހުނު ކަމަށްވެ އެވެ.
އުމުރުން މާ ދުވަސްވެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ހުރީ ވެފައި އެވެ.
އިތުރު ގޮތެއް ނެތިގެން ޑޮކްޓަރުންގެ ޓީމުން ނިންމީ އެނދުގައި ކޮޅަށް ބައިންދައިގެން އޮޕަޜޭޝަން ކުރާށެވެ. އެކަމަކު އެގޮތަށްވެސް އެމީހާއަށް އުނގަދޫވާތީ ހަށިގަނޑަށް ލުއިކޮށްދިނުމުގެ ގޮތުން ޒާއޯ ކިޔާ އެ ޑޮކްޓަރު 20 މިނިޓުގެ އޮޕަރޭޝަން ނިމެންދެން އެމީހާ ގައިގަ ހިފަހައްޓައިގެން ކޮޅަށް ހުރީ އެވެ.
އޮޕަޜޭޝަން ކުރި ޑޮކްޓަރުންގެ ޓީމުން ބުނީ ޒާއޯ އާއި އެކަން ހަވާލު ކުރީ އޭނާ އަކީ ގިނަ އިރު ކޮޅަށް ހުރެވޭ، ވަރުގަދަ މީހަކަށް ވާތީ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި އޮޕަރޭޝަން ނިމެންދެންވެސް އަންހެން މީހާ ދިޔައީ އޭނާ ބަލަހައްޓާ މީހާ އެތަނަށް ވައްދައި ދިނުމަށް އެދެމުންނެވެ.
އެކަމަކު ޒާއޯ ދިޔައީ އޯގާތެރިކަމާއި އެކު ތަނަކަށް ތަވެ، އުނދަގޫވާނަަ އޭނާ ކައިރީ ބުނުމަށް އެދެމުންނެވެ. އަދި ފަސޭހަވާނެހެން ގައިގަ ފިރުމައި ދެމުންނެވެ.
މި ފޮޓޯ ފެނުމުން ގިނަ މީހުން ވަނީ އެ ޑޮކްޓަރަށް ތައުރީފުކޮށް ހުރިހާ ގައުމަކަށްވެސް މިފަދަ ޑޮކްޓަރުން ބޭނުންވާ ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް