މިލަންދޫ ކައުންސިލްގެ ދެ ގޮނޑިވެސް ޕީޕީއެމުން ކާމިޔާބު ކޮށްފި

ށ. މިލަންދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް ކައުންސިލަރުން ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ދެ ގޮނޑިވެސް ޕީޕީއެމުން ކާމިޔާބު ކޮށްފި އެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ ފަ...

07 Mar 2015 | 13:45

ށ. މިލަންދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް ކައުންސިލަރުން ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ދެ ގޮނޑިވެސް ޕީޕީއެމުން ކާމިޔާބު ކޮށްފި އެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ 444 ވޯޓެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރި އެއް ކެނޑިޑޭޓަކަށް 40 ވޯޓު ލިބިނު އިރު އަނެއް ކެނޑިޑޭޓަށް ލިބުނީ 459 ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރި ދެ ކެނޑިޑޭޓުންގެ ތެރެއިން ކެނޑިޑޭޓް ނަމބަރު ތިނެއް ހަސަން އަބްދުއްރަހްމާން އަށް 576 ވޯޓް ލިބުނު އިރު ކެނޑިޑޭޓް ނަމްބަރު ފަހެއް މުހައްމަދު މަންސޫރަށް ލިބިފައިވަނީ 557 ވޯޓެވެ.

މިލަންދޫ ކައުންސިލްގެ ދެ ގޮނޑި ހުސްވީ ދެ ކައުންސިލަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އިސްތިއުފާ ދެއްވީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހަސަން ފަޔާޒު އާއި ކައުންސިލް މެމްބަރު މުހައްމަދު ޔާސިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް