މިލަންދޫ ކައުންސިލްގެ ބައި އިލެކްޝަން ފެށިގެން ކުރިއަށްދަނީ

ށ. މިލަންދޫ ކައުންސިލްގެ ދެ ކައުންސިލަރަކު އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ދެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަ ދެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަން...

07 Mar 2015 | 05:49

ށ. މިލަންދޫ ކައުންސިލްގެ ދެ ކައުންސިލަރަކު އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ދެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަ ދެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މީޑީއާ އޮފިޝަރު ފަޒްލާ އަހުމަދު ޝަހީމް ވިދާޅުވީ މިލަންދޫގައި ބެހެއްޓުނު ފޮއްޓާއި މާލޭގައި ބެހެއްޓުނު ފޮއްޓަށް ހެނދުނު 8:00 ގައި ވޯޓުލާން ފަށާފައިވާކަމަށާއި އަދި މިހާތަނަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

މިލަންދޫ ކައުންސިލްގެ ދެ ގޮނޑިއަށް ފަސް ކެނޑިޑޭޓަކު ވާދަކުރެއެވެ. އެމްޑީޕީން އަދި ޕީޕީއެމުން ދެ ކެނޑިޑޭޓުން ނެރެފައިވާއިރު ޖޭޕީން ވަނީ އެއް ކެނޑިޑޭޓަކު ނެރެފަ އެވެ.

އެމްޑީޕީގެ ފަރާތުން ބައި އިލެކްޝަންގައި ވާދަކުރަނީ ކެނޑިޑޭޓް ނަމްބަރު ދޭއް، މުހައްމަދު ރަޝީދު އަދި ކެނޑިޑޭޓް ނަމްބަރު ހަތަރެއް އަހުމަދު އަޒީމް އެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރަނީ ކެނޑިޑޭޓް ނަމްބަރު ތިނެއް، ހަސަން އަބްދުއްރަހްމާން އަދި ކެނޑިޑޭޓް ނަމްބަރު ފަހެއް، މުހައްމަދު މަންސޫރު އެވެ.

މިލަދޫ ކައުންސިލްގެ ދެ ގޮނޑި ހުސްވީ ދެ ކައުންސިލަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އިސްތިއުފާ ދެއްވީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހަސަން ފަޔާޒު އާއި ކައުންސިލް މެމްބަރު މުހައްމަދު ޔާސިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް