ފުލުހުންނާ އެމްއެންޑީއެފާ ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވާނެ: އެމްއެންޑީއެފް

ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުންނާއި އެމްއެންޑީއެފާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވާނެ ކަމަށާއި އެއްވެސް ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާކަމަށ...

07 Mar 2015 | 05:15

ރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާގައި ފުލުހުންނާއި އެމްއެންޑީއެފާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވާނެ ކަމަށާއި އެއްވެސް ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އެފަދަ ކަންތައްތަކެއް ހިނގި ކަމަށްބުނ ފަތުރަމުންދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ. ރޭގެ މުޒާހަރާގައި ސިފައިންގެ އެއްވެސް ދައުރެއް އަދާކުރުމަށް މަގުތަކަށް ނިކުމެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވެފައި ނުވާނެ ކަމަށެވެ.

ރޭގެ މުޒާހަރާ ކުރިއަށްދިޔައިރު އެމްއެންޑީއެފާއި ފުލުހުންނާއި ދެމެދު މައްސަލަތަކެއް އުޅޭ ކަމަށާއި ސިފައިންގެ ތެރެ ފަނިވެ ފުލުހުން ހައްޔަރު ކުރަން ސިފައިން ނިކުމެފައިވާކަމަށް އަދި ފުލުހުން ބައެއް ސިފައިން ހައްޔަރުކޮށްފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް ޓްވީޓްތަކާއި ފޭސްބުކް ސްޓޭޓަސްތައް ޖަހާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް