މިރޭގެ މުޒާހަރާގައި ހައްޔަރުކުރީ 26 މީހުން: ޕޮލިސް

ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ "އިންޒާރު" މުޒާހަރާގައި ހައްޔަރުކުރީ 26 މީހުން ކަމަށާއި އޭގެ ތެރޭގައި ކުޑަ ތިން ކުއްޖަކުވ...

06 Mar 2015 | 21:16

ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ "އިންޒާރު" މުޒާހަރާގައި ހައްޔަރުކުރީ 26 މީހުން ކަމަށާއި އޭގެ ތެރޭގައި ކުޑަ ތިން ކުއްޖަކުވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ހައްޔަރު ކުރި 26 މީހުންވެސް އަދި ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެއްވެސް މީހަކު އަދި ދޫކޮށް ނުލާ ކަމަށެވެ.

މިރޭގެ މުޒާހަރާގައި ފުލުހުން ވަނީ ނޫސްވެރިޔަކުވެސް ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ. ފުލުހުން ހައްޔަރުކުރީ ސީއެންއެމްގެ ފޮޓޯގްރާފަރު މުހައްމަދު ސާޖިދު އަހުމަދު އެވެ. ހައްޔަރު ކުރުމަށްފަހު މާ ގިނައިރެއްނުވެ ފުލުހުން ވަނީ ސާޖިދު ދޫކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް