ގއ. ވިލިނގިލީގައި ތުއްތު ދަރިފުޅާއި މަންމަ ނިޔާވި މައްސަލައިގާ ތަޙްޤީޤެއް ހިންގުމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން އަންގަވައިފިއެވެ.
އެކަން ހާމަކުރައްވައި ވަޒީރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގއ. ވިލިނގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ޖިނާއީ ތަޙްޤީޤެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއް ވާނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު ފަރުވާ ލަސްވެ ނިޔާވެފައިވަނީ އުމުރުން 35 އަހަރުގެ ޝިއުނާ ތަޢުފީގު އަދި އޭނާގެ ދަރިފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް