މީކާއީލްގެ ޕްރޮފައިލް ޑިލީޓްކުރީ އެއީ ދަރިވަރުންނަށް ގޯސް ނަމޫނާއަކަށް ވާތީ: ޖަމާލުއްދީން ސްކޫލް

ޖަމާލުއްދީން ސްކޫލަށް 40 އަހަރު ފުރުމާއި ގުޅިގެން އެ ސްކޫލުގެ އެލުމްނާއި ޕްރޮފައިލްސް ގެނެސްދެމުންގޮސް މިއަދު ގެނެސްދިން ޕްރޮފައިލް ޑިލީޓްކުރީ އެ އެލުމްނައި ޕްރޮފައިލްގައި ހިމެނޭ މީކާއީލް އަކީ ދަރިވަރ...

06 Feb 2025 | 19:27

ޖަމާލުއްދީން ސްކޫލަށް 40 އަހަރު ފުރުމާއި ގުޅިގެން އެ ސްކޫލުގެ އެލުމްނާއި ޕްރޮފައިލްސް ގެނެސްދެމުންގޮސް މިއަދު ގެނެސްދިން ޕްރޮފައިލް ޑިލީޓްކުރީ އެ އެލުމްނައި ޕްރޮފައިލްގައި ހިމެނޭ މީކާއީލް އަކީ ދަރިވަރުންނަށް ގޯސް ނަމޫނާއަކަށް ވާތީ ކަމުގައި ޖަމާލުއްދީން ސްކޫލުން ބުނެފިއެވެ.

އެ ސްކޫލުން މިހެން ބުނެފައިވަނީ މީކާއިލްގެ ޕްރޮފައިލް ޑިލީޓްކޮށްފައިވަނީ އެޑިއުކޭޝަންގެ ޕްރެޝަރަށް ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ ސްކޫލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މި ސްކޫލުން ކުރިއަށް ގެންދާ އެލުމްނާއި ޕްރޮފައިލްސް މިއަދުގެ (06 ފެބްރުއަރީ 2025) ޕޯސްޓް ފޭސްބުކާއި އެކްސްގައި އާންމު ކުރުމަށްފަހު ޑިލީޓްކުރަންޖެހުނީ މި ސްކޫލަކީ ތަޢުލީމާއި ތަރުބިއްޔަތު ދޭ މުޢައްސަސާއަކަށް ވެފައި، މި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރެއްގެ ފަރާތުން އަދުގެ ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭފަދަ އަމަލުތަކެއ ފެނުމުން، އަދި އެފަދަ ކަންކަމަކީ މި ސްކޫލުން ޤަބޫލުކުރާ އަޚްލާޤީ މިންގަނޑުން ބޭރު  ކަމަށް ވާތީ އާއި އެތައް ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުން ދިއުމާ ގުޅިގެން ކަމަށެވެ.

ސްކޫލުން މި ޕޯސްޓް ޑިލީޓްކޮށްފައިވަނީ އެލުމްނާއި ޕްރޮފައިލް ކޮމިޓީގެ މަޝްވަރާގެ މަތިން ކަމަށާއި އެ ޕޯސްޓް ފޭސްބުކާއި އެކްސްއިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޕްރެޝަރކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައިވީނަމަވެސް އެއީ ޞައްޚަ މަޢުލޫމާތެއް ނޫންކަމުގައިވެސް އެ ސްކޫލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް