ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް ކޮމިޓީން ފާސްކޮށްފި

ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އެ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް، އިނ...

07 Feb 2024 | 16:37

ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އެ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް، އިންތިހާބާއި ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މި ބިލު ފާސްކުރީ އެ މައްސަލަ ދިރާސާކުރާ ވަގުތީ ކޮމިޓީގެ ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ އިލެކްޝަންސް ކޮމިޝަންގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބު ވަނީ ހަ ރޯދަ ނިމެންދެން މަޑުނުކޮށް އިންތިހާބު ބޭއްވުމަށް އެދިވަޑައިގެންފައެވެ. ހަބީބު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ، ވޯޓު ގުނުމަށްފަހު ދާއިމާ ނަތީޖާ އިއުލާންކުރުމާއި، އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރު ވާނެ ކަމަށެވެ.

މަޖިލީހުގެ ހިނގަމުންދާ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލީހަށް އާ މެމްބަރުން އިންތިހާބުކޮށް ހުރިހާ ކަމެއް ނިންމަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އޭޕްރިލް 21 ގައި އިންތިހާބު ބާއްވައިފިނަމަ ވޯޓު ގުނުމާއި އިންތިހާބާއި ގުޅޭ ހުރިހާ ކަމެއް ނިންމަން ލިބޭނީ އެންމެ ހަ ދުވަސް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ތާރީހަކީ 17 މާޗް 2024 އެވެ. އެ ތާރީހް ރޯދަ މަހާ ދިމާވުމުން ވޯޓުލާން ދާނެ މީހުން މަދުވާނެކަމުގެ ކަންބޮޑުވުން ސިޔާސީ ޕާޓީތަކުން ވެސް އީސީއަށް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް