ހޯމްލޭންޑް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީން އެ މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
ސީއެސްސީން ބުނީ ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލްރަހްމާން ސަލާހު ރަޝީދާއި ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
އަބްދުލްރަހްމާން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ ހަތަރު ވަރަކަށް އަހަރު ފަހުންނެވެ. އަދި ނިލްފާ އިސްތިއުފާ ދެއްވާފައިވަނީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ ތިން ވަރަކަށް އަހަރު ފަހުންނެވެ.
ސީއެސްސީން ބުނެފައިވަނީ މި ދެ ބޭފުޅުންވެސް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބަކާއި ގުޅިގެން ކަމަށެވެ.
އެ ކޮމިޝަނުން މިހާރު ވަނީ ހުސްވެފައިވާ ދެ މަގާމަށް މީހުން އައްޔަންކުރުމަށް އިއުލާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް