އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށް މުޖުތަބާއާއި ލަމްއާން އައްޔަންކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މަގާމަށް މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފް އައްޔަންކުރައްވައިފިއެވެ...

07 Feb 2024 | 13:26

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މަގާމަށް މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފް އައްޔަންކުރައްވައިފިއެވެ.

ލަމްއާނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަ ދުވަސްކޮޅަކަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މުޖުތަބާއަކީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ، ކޮމާޝަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މުޖުތަބާއާއި ލަމްއާން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ތޯހާ ވަކިކުރެއްވުމަށް ފަހުއެވެ. ތޯހާ މިހާރު ހުންނެވީ މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސަރވިސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް