ރައީސްގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު މުލިއާގެއަށް ބަލަލުވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފައި މިވަނީ، މިދިޔަ ...

07 Feb 2024 | 09:30

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު މުލިއާގެއަށް ބަލަލުވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގެންފައި މިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމުގެ ހުވައި ކުރެއްވިތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެތަން މަރާމާތުކޮށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. ރައީސް އޮފީހުން ބުނީ މުލިއާގެއަކީ ތާރީހީ ބިނާއެއް ކަމުން އެތަނުގެ އަސްލު ގެއްލޭވަރުގެ އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

މުލިއާގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިރިއުޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ގެކޮޅު މ.ދިމްޔާތުގައެވެ.

މުލިއާގެ ބިނާކޮށްފައިވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް