ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް މެމްބަރަކު އައްޔަންކުރެއްވުމަށް ތިން ނަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ސީއެސްސީގެ ހުސްވެފައިވާ މެމްބަރުކަމަށް ބޭފުޅަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތިން ނަމަކީ:
ދަފްތަރު ނަންބަރު ރސ - 7505 އަބްދުލް ހަސީބު އިސްމާއިލް
ދަފްތަރު ނަންބަރު ރސ - 9472 ފާތިމަތު ހަބީބާ
މއ. ފޮރެސްޓް - މަރިޔަމް ޝާހިދާ
ނަން އިއްވުމަށްފަހު މަޖިލީހުގެ ރިޔާސަތުން ވަނީ މެމްބަރަކު އައްޔަންކުރެއްވުމަށް ނަންތައް ދިރާސާކުރެއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރައްވާފައެވެ.
ސީއެސްސީއަށް މެމްބަރަކު އައްޔަންކުރެއްވުމަށް ފޮނުއްވާފައިމިވަނީ އެ ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ފާތިމަތު އާމިރާގެ ދައުރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަމަވުމުންނެވެ. އެއާއެކު ސީއެސްސީގައި މިވަގުތު ތިބީ ހަތަރު މެމްބަރުންނެވެ. އެއީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހުއާއި، ނައިބު ރައީސް އިބްރާހިމް ރަޝީދުއާއި، މެމްބަރު މުހައްމަދު ފަރުސަތު އަދި މެމްބަރު ފާތިމަތު ޝަރީފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް