އަލަށް އިމާރާތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަނީ

އަލަށް އިމާރާތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަކީ އަސާސީ ކަމަކަށް ހެދުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އެކްސްގައި ކ...

07 Feb 2024 | 05:19

އަލަށް އިމާރާތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަކީ އަސާސީ ކަމަކަށް ހެދުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތައް ނިމޭއިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި މި އަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިސްކިތްތައް އޭސީ ކުރުމަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމަށް ކަނޑައަޅާފައިވާ ބަޖެޓުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތިން ގުނަ ބޮޑުކޮށްފައެވެ. އެގޮތުން އެ މަސައްކަތަށް ބަޖެޓުގައި 15 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުންވެސް މިސްކިތްތައް އިތުރުކުރުމާއި، ދީނީ ކަންކަމަށް އަހުލުވެރިކުރުމަށް މުހިންމު މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް