ރާއްޖެ އެތެރެ ކުރި 6.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލުމަށްފަހު އާ ގަވާއިދުގެ ދަށުން އެތެރެކުރި މީހާ ފޮނުވާލައިފި

ވައިގެ މަގުން ޤަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ، 2023 ފެބުރުއަރީ 6 ވަނަ...

07 Feb 2023 | 18:20

ވައިގެ މަގުން ޤަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ، 2023 ފެބުރުއަރީ 6 ވަނަ ދުވަހު ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

"މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން  (cocaine)އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.6 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ." ކަސްޓަމްސްއިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ކޭހުގައި ޝާމިލްވާ ފަސިންޖަރު ވަނީ ގަވާއިދު ނަންބަރު:2023/R-58 "ވައިގެ މަގުން ދިވެހިރާއްޖެއަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެގޮތުގެ ގަވާއިދު" އާއި އެއްގޮތްވާގޮތުގެ މަތިން، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއިއެކު، ރާއްޖެއަށް އެތެރެވިޔަނުދީ، މޯލްޑިވްސް އިމިގްރޭޝަނުން އަނބުރާ ފޮނުވާލާފައި ކަމަށާއި އަދި އޭނާގެ ލަގެޖުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް