އިދިކޮޅު ކޯލީޝަނުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި މިރޭވެސް ނޫސްވެރިޔަކަށް އަނިޔާވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލީޝަނުން މިރޭ ބުނީ މިރޭގެ އިހްތިޖާޖުގެ ތެރެއިން ޗެނަލް 13 ގެ ނޫސްވެރިޔާ މިސްބާހަށް ފުލުހުން އަނިޔާކުރީ ކަމަށެވެ.
"މިވަގުތު މިސްބާހަށް ދަނީ އޭޑީކޭގައި ފަރުވާދެމުން" އެ ކޯލީޝަނުން ބުނެފައިވެއެވެ.
ޕީޕީއެމުން އިތުރަށް ބުނީ ބޮލުގައި ޝީލްޑުން ޖެހި ކަމަށާއި އުނަގަނޑަށްވެސް އަނިޔާވި ކަމަށެވެ.
މީގެ އިތުރުން ޗެނަލް 13 އިން ބުނެފައިވަނީ އޭޑީކޭއަށް މިސްބާހް ގެންގޮސްދިނުމަށް ފުލުހުންގެ ކިބައިން އެދުނު ކަމަށާއި ފުލުހުންގެ ފަސް ވެހިކަލް އޮވެމެ އެކަން ނުކޮށްދިން ކަމަށެވެ.
މިސްބާހަކީ އެކްޓިވިސްޓެއް ނޫން ކަމަށާއި އެއީ ކެމެރާމަނެއް ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް