މިސްކިތަށްދިޔަ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި މިސްކިތަކަށް ދިޔަ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އެ މައްސަލައިގާ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބ...

07 Feb 2023 | 15:31

މާލޭގައި މިސްކިތަކަށް ދިޔަ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އެ މައްސަލައިގާ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ބިދޭސީ އެމީހާ ޖިންސީ ގުނަވަން ދެއްކީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ މަންޒަރު އެހެން ކުއްޖަކަށް ފެނިގެން އެ ސަރަހައްދުގައި ތިބި އާންމުންގެ ސަމާލުކަމަށް އެކަން ގެނައުމުން އެ ބިދޭސީ މީހާ ހިފެހެއްޓީ އާންމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބިދޭސީ އެމީހާ އެކަން ކުރީ މިސްކިތުގެ ތެރޭގައި ކަމެއް މިސްކިތުގެ ބޭރުގައި ކަެމެއް ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް