މ. ދިއްގަރުގައި ލޯންޗެއް ގޮވައި އޭގައި ތިބި ދެމީހަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އިންޖީނު ގޮވީ އަސުރުމާ ނަމަކަށް ކިޔާ ލޯންޗެއްގައެވެ.
އެ ލޯންޗު ގޮވީ ސްޓާޓް ކޮށްލި ވަގުތު ކަމަށާއި އޭރު ލޯންޗު އޮތީ ފަޅުގައި ކަމާއި އަދި އޭރު އޭގައި ދެމީހަކު ތިބިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަލިފާނުގެ މި ހާދިސާގައި އަނިޔާވި ދެމީހުން ސީ އެމްބިއުލާންސްގައި މާލެ ފޮނުވާލާފައިވާއިރު ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް