އީޕީއޭއިން މަޑިފުށި ރިސޯޓްގެ ކުންފުނި ޖޫރިމަނާކޮށްފި

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މަޑިފުށި ރިސޯޓްގެ މައި ކުންފުނި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ. އެ ކުންފުނި އީޕީއޭއިން ޖޫރިމަނާކުރީ މ. ...

07 Feb 2023 | 09:09

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މަޑިފުށި ރިސޯޓްގެ މައި ކުންފުނި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.

އެ ކުންފުނި އީޕީއޭއިން ޖޫރިމަނާކުރީ މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝް ކުރުމުގެ މަޝްރޫއު ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާތީއެވެ.

މިކަމާއި ގުޅޭގޮތުން އީޕީއޭއިން ބުނެފައިވަނީ މ. މަށިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޝް ނަރިޝް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިއުމާއި ގުޅިގެން އެ މައްސަލަ ބެލިއިރު މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝް ކުރުމުގެ މަޝްރޫއު އީއައިއޭ މަރުހަލާ ފުރިހަމަކުރުމަކާއި ނުލައި، އަދި ތިމާވެށީގެ ކްލިއަރެންސް ހޯއްދެވުމަކާ ނުލައި މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

ކުށް ކުރި ފުރި ފުރަތަމަ ފަހަރަށް ކަނޑައެޅިފައިވާ 20،000.00 ދިވެހި ރުފިޔާއިން އެ ކުންފުނި ޖޫރިމަނާކޮށްފައިވާއިރު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ އީޕީއޭއަށް ދައްކައި ހަލާސްކުރުމަށް އާދީއްތަ ދުވަހު އެ ކުންފުންޏަށް އަންގާފައިވާނެކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް