ދިރާގުގެ މުޅިން އައު ސަޅި ޕްރީޕެއިޑް ޕްލޭންސްއާއެކު އިތުރަށް މަޖާކޮށްލާ!

ދިރާގުން އަލަށް ތަޢާރަފްކޮށްފައިވާ ސަޅި ޕްރީޕެއިޑް ޕްލޭންތަކައިއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އިތުރަށް މަޖާކޮށްލެވޭނެއެވެ. 'ސަޅި 180 ޑޭސް': ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ - ޖުމްލ...

07 Feb 2023 | 06:53

ދިރާގުން އަލަށް ތަޢާރަފްކޮށްފައިވާ ސަޅި ޕްރީޕެއިޑް ޕްލޭންތަކައިއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އިތުރަށް މަޖާކޮށްލެވޭނެއެވެ.

  • 'ސަޅި 180 ޑޭސް': ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ - ޖުމްލަ 720ޖީބީ 180 ދުވަހަށް 2699 ރުފިޔާއަށް ލިބޭނެއެވެ. މި ޕްލޭން ހޯދުމަށް ‘S4GB6M’ ޖަހާފައި 343 އަށް އެސް.އެމް.އެސްކޮށްލުމުން އެކްޓިވޭޓްކުރެވޭނެއެވެ.
  • 'ސަޅި 365 ޑޭސް': މި ޕްލޭންއާއެކު ކަސްޓަމަރުންނަށް ޖުމްލަ 365ޖީބީ 1 އަހަރުގެ މުއްދަތަށް 2999 ރުފިޔާއަށް ލިބިގެންދާނެއެވެ. މި ޕްލޭން ހޯދުމަށް ‘S1GB1Y’ ޖަހާފައި 343 އަށް އެސް.އެމް.އެސްކޮށްލުމުން އެކްޓިވޭޓްކުރެވޭނެއެވެ.

މި ސަޅި ޕްރީޕެއިޑް ޕްލޭންތައް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށްވެސް   އެކްޓިވޭޓްކޮށްލެވޭނެއެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު:   )

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް