ވެލާ ފެޅި ގްރޫޕް ދޫކޮށްލައިފި

ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާތަކެއް ފެޅި މައްސަލައެއްގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ. މިއަދު އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ އެ މީހުން ދޫކޮށްލާފައިވަނީ ބަޔާން...

07 Feb 2023 | 06:03

ބ. އަތޮޅުގެ ފަޅު ރަށެއްގައި ވެލާތަކެއް ފެޅި މައްސަލައެއްގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ.

މިއަދު އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ އެ މީހުން ދޫކޮށްލާފައިވަނީ ބަޔާން ނެގުމަށް ފަހުގައި ކަމަށާއި އަދި މިހާރު އެ މައްސަލައިގާ ކުރިއަށްދަނީ ލީގަލް މަރުހަލާ ކަމަށެވެ. އަދި އެއަށްފަހު އިތުރު ފިޔަވަޅު އަޅާނެ ކަމުގައި ބުނެފައިވެއެވެ.

ފުލުހުން މި މަހުގެ ހަތަރުވަނަ ދުވަހު ބުނެފައިވަނީ އެ މައުލޫމާތު ލިބުނީ އޭގެ ކުރީ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި އެ މައުލޫމާތާއި ގުޅިގެން އެ ރަށަށް ގޮސް ބަލަންޖެހޭ ކަންކަން ބަލައި އީޕީއޭއާއި އެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން އެ ރަށަށް ދިޔައިރު އެމީހުން ތިބީ ވެލާ ފަޅައި އެއިން ތެޔޮކުނޑި ހޭނުމުގެ މަސައްކަތުގައެވެ.

އީޕީއޭއިން ބުނެފައިވާގޮތުގައި އެމީހުން ފަސް ވެލައެއް ފެޅިއެވެ. އަދި އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ހަ މީހުންވެސް ނިސްބަތްވަނީ ބ. ކެންދުއަށް ކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް