ކ. ގުރައިދޫ އިސް މެޖިސްޓްރޭޓްގެ މައްސަލަ ނުބަލަން ނިންމައިފި

ކ. ގުރައިދޫ އިސް މެޖިސްޓްރޭޓު ފަތުހުﷲ ޖަމީލް މޫސާ އާއި ގުޅިގެން ކުރިިޔަށް ގެންދިޔަ ތަހުގީގު އިތުރަށް ކުރިޔަށް ނުގެންދަން ނިންމައިފި އެވެ. ފަތުހުﷲ އާއި ގުޅިގެން ބެލީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެ...

07 Feb 2023 | 05:03

ކ. ގުރައިދޫ އިސް މެޖިސްޓްރޭޓު ފަތުހުﷲ ޖަމީލް މޫސާ އާއި ގުޅިގެން ކުރިިޔަށް ގެންދިޔަ ތަހުގީގު އިތުރަށް ކުރިޔަށް ނުގެންދަން ނިންމައިފި އެވެ.

ފަތުހުﷲ އާއި ގުޅިގެން ބެލީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގެ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެފައިވީނަމަވެސް، އެ ޤަޟިއްޔާއަކީ އަވަސް ނިޔާގަ އި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސްމެޖިސްޓްރޭޓު ފަތުޙުﷲ ޖަމީލް މޫސާގެ ބަހުން އެނގޭތީ އެވެ.

ޖޭއެސްސީން ބުނީ ޤަޟިއްޔާގައި އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާ ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު) އާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އެހެންވެ އެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް 2023 ޖަނަވަރީ 29 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 8 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް