އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ސިންގަޕޫރު ސަރުކާރުން އެކުލަވާލާފައިވާ ގްރީން ޕްލޭން 2030 އަށް ތައުރީފްކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށްފަހުއެވެ.
ޝާހިދުގެ ދަތުރުފުޅުގައި ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝިއެން ލޫން، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބް އަދި ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބަލަކްރިޝްނަންއާ ބައްދަލުކުރައްވާފައެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އދގެ އާންމު މަޖިލީހުގެ ރިޔާސަތުން އިސްކަންދެއްވާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި ސިންގަޕޫރުން އެކުލަވާލާފައިވާ ގްރީން ޕްލޭން 2030 އަށް ޝާހިދު ވަނީ ތައުރީފްކުރައްވާފައެވެ.
މީގެ އިތުރުން ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވަފާއެވެ.
ސިންގަޕޫރުގެ ހާރިޖީ ވަޒީރު ވިވިއަން ބަލަކްރިޝްނަންއާއެކު ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ ވެކްސިންގެ ހަމަހަމަކަން، ސަރަހައްދީ ގުޅުންތަކާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް