ރާއްޖެއިން އިތުރު 1،576 މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 771 މީހުންނާއި މާލެއިން 517 މީހުން ކަމަށެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 87 މީހުންނަށެވެ.
ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 5،343 ސާމްޕަލެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 16،775 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 60 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 134،841 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 284 އަށް އަރާފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 151،913 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް