ގދ. ރަފެލް ރިސޯޓު ކައިރީ އޮތް ލޯންޗެއްގައި ރޯވެ އަނދަނީ

ގދ. އަތޮޅުގައި ހިންގާ ރަފެލް އައިލެންޑް ރިސޯޓު ކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެމްއެންޑީއެފް ގދ.. ތިނަދޫ ފަޔާ ސްޓޭޝަނުން ހަރަކ...

07 Feb 2022 | 16:33

ގދ. އަތޮޅުގައި ހިންގާ ރަފެލް އައިލެންޑް ރިސޯޓު ކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެމްއެންޑީއެފް ގދ.. ތިނަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ މިރޭ9:15 ހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެކަމަކު ލޯންޗު ވަނީ އަނދައި ބޭނުން ނުކުރެވޭވަރުވެފައި އެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް