ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާފުޅިތަކެއް ނައްތާލައިފި

ތަފާތު އެކި މައްސަލަތަކާ ގުޅިގެންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ މި...

07 Feb 2022 | 11:36

ތަފާތު އެކި މައްސަލަތަކާ ގުޅިގެންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ.

އެގޮތުން، ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 82 މައްސަލައެއްގައި ހިމެނޭ 717 ފުޅި ބަނގުރަލާއި 67 ބިޔަރު ދަޅާއި ނުވަ ޕެޓް ފުޅިއާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 46 އައިޓަމެވެ.

ފުލުހުން ބުނީ މިއަދު ނައްތާލި ތަކެއްޗަކީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ ތަކެއްޗާއި، ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ. ނައްތާލި ބަނގުރަލުގެ ތެރޭގައި ތުހުމަތު ކުރެވޭ ވަކި ފަރާތެއްގެ މައުލޫމާތު ނޭނގޭ ގޮތަށް ހުރި ބަނގުރާ ވެސް ހިމެނެއެވެ.

ބަނގުރާ ނައްތާލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ ގަވާއިދުގެ ދަށުން، އެކަމަށް އެކުލަަވާލާފައިވާ ޓީމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް