ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބަލަހައްޓަމުން ގެންދާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރެފައިވާ އިޢު...

07 Feb 2022 | 11:35

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބަލަހައްޓަމުން ގެންދާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރެފައިވާ އިޢުލާނެއްގައި ބުނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް މިދިޔަ ޑިސެމްބަރު މަހުގެ 30ގެ ނިޔަލަށް ހުށައަޅާފައިވާ ފޯމްތަކުގެ ޖަވާބުތައް އެސްއެމްއެސް މެދުވެރިކޮށް ދީފައިވާކަމަށެވެ.

އެގޮތުން ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ މިމަހުގެ 13ގެ ކުރިން ޝަކުވާ ހުށަހެެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އެ މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާއެއް ބަލައި ނުގަންނާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް