ގޫގުލް ކްރޯމްގެ ލޯގޯއަށް އަށް އަހަރަށް ފަހު ބަދަލެއް ގެންނަނީ!

ގޫގުލް ކްރޯމްގެ ލޯގޯއަށް ބަދަލެއް ގެންނަން ނިންމައިފި އެވެ. އަށް އަހަރު ފަހުން މި ބަދަލު ގެނެސްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގައި ކަމަށްވެ އެވެ. މި ބަދަލާއި އެކު ލޯގޯގައި ހިމެނޭ ކުލަތައް އިތުރަށ...

07 Feb 2022 | 11:30

ގޫގުލް ކްރޯމްގެ ލޯގޯއަށް ބަދަލެއް ގެންނަން ނިންމައިފި އެވެ.

އަށް އަހަރު ފަހުން މި ބަދަލު ގެނެސްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގައި ކަމަށްވެ އެވެ. މި ބަދަލާއި އެކު ލޯގޯގައި ހިމެނޭ ކުލަތައް އިތުރަށް ގަދަވެ އަރަމުން އަންނަ އިރެއް ގޮތަށް ވިދުންތައް އަރާގޮތަށް އިން އިނުން ވަނީ ނިމުމަކަށް އަންނާނެ އެވެ.

ދެން އިންނާނީ ވަރަށް އާދައިގެ ގޮތަކަށް ރަތް، ފެހި އަދި ރީނދޫ ކުލަ ހިމެނޭ ގޮތަށެވެ. މި ކުލަތަށް އާދައިގެ ގޮތަކަށް ފެންނަ ގޮތަށް ބަދަލު ކޮށްލުމުން އެތެރޭގައި އިންނަ ނޫކުލައިގެ ބޮޅު އިތުރަށް ބޮޑުކޮށްފައިވެ އެވެ.

ގޫގުލް ކްރޯމްގެ ލޯގޯއަށް ގެނައި ބަފަލު ފެންނަމުންދާނީ އެކި ސިސްޓަމްތަކަށް ވަކިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ކްރޯމް އޯއިއެސް އާއި މެކްއޯއެސްއިން މި ބަދަލު ގެންނަން ފަށާ ތާރީހު ތަފާތުވާނެ ކަމަށް ބުނެފައިވެ އެވެ.

އެންމެ ފުރަތަމަ ވަރަށް ކުލަ މަޖާ ވައްތަރަކަށް ތައާރަފު ކުރި ގޫގުލް ކްރޯމްގެ ލޯގޯ ރީތިކޮށް އާދައިގެ ގޮތަކަށް ބަދަލު ކުރަން ފެށީ2008 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް