ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ.
މި ޢިއްޒަތް ޝައިޚް ޑރ އަލްޢީސާއަށް އެރުވީ، މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށް ޝައިޚް ޑރ އަލްޢީސާ ދެއްވާ އަހަންމިއްޔަތުކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ނިސްބަތް ވަނީ އައްސުލްޠާން އިބްރާހީމް ކަލާފާނަށެވެ. މިއީ މީލާދީން 1585ން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަންކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް