ޖަޕާނު ސަރުކާރުން ރާއްޖެއަށް އަށް އެމްބިއުލާންސް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުގެ ގްރާންޓް އެސިސްޓަންޓް ފޯރ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ. މިކަމަށްޓަކައި...

07 Feb 2022 | 08:51

ޖަޕާނު ސަރުކާރުގެ ގްރާންޓް އެސިސްޓަންޓް ފޯރ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

މިކަމަށްޓަކައި ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތާއި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއާ ދެމެދު "ގްރާންޓް ކޮންޓްރެކްޓް" ގައި ސޮއި ކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. ޝާހު އަބްދުﷲ މާހިރު އާއި ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗީ މިދޮރި އެވެ.

ހެލްތް މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކަކީ 8 ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކު، ހަދިޔާ ކުރެވޭ އެމްބިއުލާންސް ތަކެއް ކަމުގައެވެ.

މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެއެވެ.

މި އެމްބިއުލާންސްތަކަަަކީ ރާއްޖޭގެ 6 ރަަށަކަށް އަދި މާލެ ސަރަހައްދުގެ އެމަޖެންސީ ހިދުމަތް ހަރުދަނާކުރުމަށް ހަދިޔާ ކުރެވޭ އެމްބިއުލާންސްތަކެކެވެ.

މިއީ ރާއްޖެއިން ކޮވިޑް- 19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޖަޕާން ސަރުކާރުގެ ގްރާންޓް އެސިސްޓަންޓް ފޯރ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރި 2.4 މިލިއަން ދިވެހިރުފިޔާގެ އަގުހުރި 8 އެމްބިއުލާންސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް