ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް ހަސަން ކަލާމް ހަމަޖައްސައިފިއެވެ.
ކަލާމް އަކީ ފައިނޭންޝަލް ސަރވިސަސް އަދި ބޭންކިންގ އިންޑަސްޓްރީ ގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ. އޭނާ ބޭންކާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުއެވެ. އެއަށްފަހު އިސްލާމިކް ބޭންކިންގ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކަލާމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ކަލާމް ހުންނެވީ ބީއެމްއެލް އިސްލާމިކްގެ އިންޓެރިމް އިންޗާރޖް ގެ މަގާމުގައެވެ.
ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ގެ ގޮތުގައި ކަލާމް ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް އިސްލާމިކް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރާއިރު، އިސްލާމިކް ބޭންކިންގ އާ ގުޅޭ ގޮތުން ކަލާމަށް ލިބިލައްވާފައިވާ ތަޖުރިބާގެ އަލީގައި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް ފުރިހަމަ އިތުރުބާރު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މި އައު މަގާމާއި ކުރިމަތިލާއިރު ކަލާމް އަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ޓިމް ވިދާޅުވިއެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސްމެއެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރި ދިވެހިންނެވެ.
ބޭންކުން ދަނީ ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް