އެފްރިކާގެ އިރުދެކުނު ބިތުގައި އޮންނަ މަޑަކަސްރައަށް ބާރުގަދަ ޠޫފާނެއް އަރާ ބޮޑަތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އިންޑިޔާގެ ކަނޑުގައި އޮންނަ މި ކުޑަ ރަށަށް އެރި ތޫފާނަށް ވަނީ 'ބަޓްސިރާއީ' ގެ ނަމުން ނަންދީފައެވެ. މި ތޫފާނުގައި މަދުވެގެން 10 މީހުން މަރުވެފައިވާއިރު، 50 ހާސްމީހުންގެ ގެދޮރުވަނީ ހަލާކުވެފައެވެ.
އެގައުމުގެ އިރުމަތީ އައްސޭރިއަށް އެރި ބަޓްސިރާއީ ޠޫފާނުގައި ގަޑިއަކު 235 ކިލޯމީޓަރަށް ވައިޖެހިފައި ވެއެވެ.
އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި ޠޫފާނު ބާރު މިހާރު ދެރަވެ ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުން ދިޔަ ނަމަވެސް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ގައުމުގެ މެދުތެރޭ އަދި ދެކުނުގެ ސަރަހައްދުތަކަށް 150 މިލިމީޓަރާ 200 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.
ފާއިތުވި ޖެނުއަރީމަހު ވެސް ވަނީ އެގައުމަށް ތޫފާނެއް އަރާފައެވެ. އެ ތޫފަނަށް ދީފައިވާ ނަމަކީ "އަނާ" އެވެ. މި ތޫފާނުގައި 55 މީހުން ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް