ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އައްޔަންކުރައްވާފައިވާ ޢާސިމް މުޙައްމަދަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސަކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.
ޕީސީބީ ބޯޑްގެ ނައިބު ރައީސަކަށް ކުރިން ހުންވި ޢާސިމް މުޙައްމަދަށް ޕީސީބީގެ ރައީސްކަމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ފޮނުއްވީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށެވެ.
ޕީސީބީގެ ރައީސްކަމަށް ޢާސިމް އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.
ޕީސީބީގެ ބޯޑުގައި ޢާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ ޢާއިޝަތު ޝާޒްލީއާއި، އަހްމަދު ޝަރީފް ޔޫސުފާއި، ޢަލީ ޝަފީއުއާއި، ރުޝާހާ އަޙްމްދު ޝަރީފްގެ އިތުރުން ޢަލީ ސުޖާއުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް