މަޝްހޫރު މޮޑެލް ކައިލީ ޖެނާއަށް އިތުރު ކުއްޖެއް ލިބިއްޖެކަން ހާމަ ކޮށްފިއެވެ.
ކައިލީ މިކަން ހާމަކޮށްފައިފަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރި ކޮށެވެ. އަދި ކައިލީގެ ތިން އަހަރުގެ ދަރިފުޅު އެ ކުއްޖާގެ އަތުގައި ހިފަހައްޓައިގެން ހުންނަތަން ފެނެއެވެ.
އެ ފޮޓޯ އާއެކު ކައިލީ ވަނީ ތާރީހަކާއެކު ފިރިހެން ކުއްޖެއްކަން ހާމަކޮށް ނޫކުލައިގެ ހިތެއް ލާފައެވެ.
މި ކުއްޖާއާ ބެހޭ އިތުރު މައުލޫމާތެއް ކައިލީ އަދި ހާމައެއް ނުކުރެއެވެ.
އަދި އެ ފޮޓޯގައި ކައިލީވަނީ އޭނާގެ ލޯބިވެރިޔާ މަޝްހޫރު ރެޕަރު، ޓްރެވިސް ސްކޮޓްއަށް ޓެގްކޮށްފައެވެ.
މި ދެމީހުންނަށް ވަނީ 2018 ވަނަ އަހަރު އަންހެން ކުއްޖެއް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް