ރާއްޖޭގެ އެންމެ "ހޭންޑްސަމް" 10 ފިރިހެނުން !

ރާއްޖޭގެ އެންމެ "ހޭންޑްސަމް" 10 ފިރިހެނުން ކަމަށް ބުނާ ލިސްޓެއް ކޮނާން ޑެއިލީ ކިޔާ ނޫހެއްގައި އާންމުކޮށްފިއެވެ. މި ލިސްޓު އެ ނޫހުގައި އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހ...

07 Feb 2022 | 05:10

ރާއްޖޭގެ އެންމެ "ހޭންޑްސަމް" 10 ފިރިހެނުން ކަމަށް ބުނާ ލިސްޓެއް ކޮނާން ޑެއިލީ ކިޔާ ނޫހެއްގައި އާންމުކޮށްފިއެވެ.

މި ލިސްޓު އެ ނޫހުގައި އާންމުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

އެ ލިސްޓުގައި ބުނެފައިވަނީ މި ދިހަ ފިރިހެނުންނަކީ 2021 ވަނަ އަހަރު ދިރި ދުނިޔޭގައި ތިބި، ރާއްޖޭގެ އެންމެ ހޭންޑްސަމް 10 ފިރިހެނުން ކަމަށެވެ.

އެގޮތުން މި ލިސްޓުގެ 10 ވަނަައިގާ ބޮޑީ ބިލްޑަރ މުހައްމަދު ޔާމީނެވެ. ނުވަ ވަނައިގާ އަބްދުﷲ ސަމޫހް ހިމަނާފައިވާއިރު އަށް ވަނައިގާ ހިމަނާފައިވަނީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އެވެ.

ލިސްޓުގެ ހަތްވަނައިގާ ފިލްމީ ތަރި ރަވީ ފާރޫގް ހިމަނާފައިވާއިރު ހަ ވަނައިގާ ހިމަނާފައިވަނީ ފިލްމީ ތަރި އިސްމާއިލް ވަޖީހެވެ. ފަސް ވަނައިގާ އައްސަދު އަލީ (އަޑުބަރޭ) ހިމަނާފައިވާއިރު ހަތަރުވަނައިގާ ހިމަނާފައިވަނީ ޑރ. ހުސެއިން ސަނީ އުމަރެވެ.

ތިންވަނައިގާ އިބްރާހިމް މަހުދީ (ހަބޭސް އިއްބެ) ހިމަނާފައިވާއިރު ދެވަނައިގާ ހިމަނާފައިވަނީ އަހްމަދު ބައްސާމް ނައީމް (ބައްކު) އެވެ. ފަހުރުވެރި އެއްވަނަ ދީފައިވަނީ ފިލްމީ ތަރި އަލީ ސީޒަނަށެވެ.

ކޮނަން ޑެއިލީ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހިންގަމުން އަންނަ ނޫހަކީ އެފްރިކާ، އެެމެރިކާ، އޭސިއާ، ޔޫރަޕް، އޯސަނިއާ ގައުމުތަކުގެ ހަބަރުތަކާއި މައުލޫމާތު ގެނެސްދޭ ނޫހެއް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ އެންމެ "ހޭންޑްސަމް" ފިރިހެނުންގެ ލިސްޓުތައްވެސް އެ ނޫހުގައި ގެނެސްދީފައިވެއެވެެ.

https://twitter.com/conan_daily/status/1490461072846897154

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް