ގްރެނާޑާ ބަލިކޮށް ތާވަލްގެ އެއްވަނާގައި ހަ ޕޮއިންޓުގެ ލީޑެއް ރެއާލް އިން ނަގައިފި

ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީގު ތާވަލްގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ރެއާލް މެޑްރިޑުން ނަގައިފި އެވެ. ރެއާލުން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރީ އަމި...

07 Feb 2022 | 04:56

ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީގު ތާވަލްގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ރެއާލް މެޑްރިޑުން ނަގައިފި އެވެ.

ރެއާލުން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރީ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ގްރަނާޑާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ރޭގެ މެޗު ރެއާލުން ކުޅުނީ އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން ކަރީމް ބެންޒެމާ އާއި، ވިނީޝިއުސް ޖޫނިއާ އާއި، ކަސެމީރޯ އަދި ލޫކަސް ވަޒްކޭޒް މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ރޭގެ މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ރެއާލުންނެވެ. އެގޮތުން އިސްކޯ އާއި އަސެންސިއޯގެ ގިނަ ހަމަލާތަކެއް ގްރެނާޑާގެ ގޯލަށް އަމާޒުވިއިރު، މި ބޯޅަތަކުގެ ހުރަހަކަށް ވީ ގްރަނާޑާގެ ކީޕަރު ލުއިސް މެކްސިމިއާނޯ އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ފަހު ހާފަށް ކުޅެން އަރާ ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލުންނެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންފޮސްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ.

މި މޮޅާއެކު ރެއާލުން ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ކުޅުނު 23 މެޗުން ރެއާލަށް 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް ބެޓިސްއަށް 22 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް