އިހަވަންދޫން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ހއ.އިހަވަންދޫން އިއްޔެ ހަވީރު ގެއްލިގެން ހޯދަމުންދިޔަ، 31 އަހަރުގެ ހަސަން ފަހުދު ރަށުގެ ވަލުތެރެއިން ފެނިއްޖެއެވެ. އެ ރަށުން މައުލޫމާތުދޭ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. އާއިލާއިން މައުލޫމާތުދޭ ގޮތުގަ...

07 Feb 2022 | 04:41

ހއ.އިހަވަންދޫން އިއްޔެ ހަވީރު ގެއްލިގެން ހޯދަމުންދިޔަ، 31 އަހަރުގެ ހަސަން ފަހުދު ރަށުގެ ވަލުތެރެއިން ފެނިއްޖެއެވެ.

އެ ރަށުން މައުލޫމާތުދޭ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ.

އާއިލާއިން މައުލޫމާތުދޭ ގޮތުގައި ފަހުދު މޫދަށްދާ ވާހަކަބުނެ ހަވީރު 04:00 ގައި ގެއިން ނިކުމެގެންދިޔަފަހުން ހަބަރެއް ނުވާ ކަމަށެވެ. އޭގެ ފަހުން އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައިވަނީ ރަށުގެ އުތުރު ފަރާތު ވަރުތެރެއިން ރޭ މެންދަމު 12:35 ހާއިރުއެވެ.

ފަހުދު ހޯދަން  އެރަށު ކައުންސިލާއި ފުލުހުންގެ އިތުރުން އާންމުން ވަނީ މަސައްކަތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް