ރާބިޠަތުލް ޢާލަމިލް އިސްލާމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލްޢީސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ފޮރިން އެފެއަރޒް އަޙްމަދު ޚަލީލާއި، ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޑރ އަލް-އިސާއަށް މަރުހަބާ ދެންނަވަން ވަޑައިގަންނަވާފައެވެ.
ޝައިޚް ޑރ އަލްޢީސާގެ މި ދަތުރުފުޅުގައި، ރައީސް ޞާލިޙާއި، އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރާއި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްއާ ބައްދަލުކުރަށްވަނީ ހަމަޖެހިފައެވެ.
https://twitter.com/MoFAmv/status/1490365727265943552?s=20&t=1UlHftQT0ADpQFiOhbnEbQ
މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިޠަތުލް ޢާލަމިލް އިސްލާމިއްޔާއަކީ ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި 1962 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.
މި ޖަމްއިއްޔާއަކީ އިސްލާމްދީނުގެ ހަގީގީ އަދި މެދުމިނުގެ އުސޫލުތައް ސާފުކޮށްދީ، ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ދިވެހިރާއްޖޭގައިވެސް އެޖަމްއިއްޔާގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް