މިސްރު ބަލިކޮށް ސެނެގޯލުން ފުރަތަމަ ފަހަރަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސެނެގޯލުން އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ މިސްރާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ޕެނަލްޓީގައި 2-4 ގެ ނަތީޖާއިންނެވެ.
ކެމަރޫންގެ އޮލެމްބޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު ފަށައިގެން މެޗުގެ ވަރަށް ކުރީކޮޅު ސެނެގޯލަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. މެޗުގެ ހަތްވަނަ މި ނެޓުގައި ލިބުނު މި ޕެނަލްޓީ ސަޑިއޯ މާނޭ ފޮނުވާލި ނަމަވެސް މި ޕެނަލް ވީ ނާކާމިޔާނެވެ. މާނޭގެ މި ޕެނަލްޓީ މިސްރުގެ ކީޕަރު އަބޫ ގަބާލް ވަނީ ވަރަށް ހުސިޔާރު ކަމާއި އެކު މަތަކޮށްފައެވެ. މިއީ މި މެޗުގައި ސެނެގޯލަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ. އަދި މުޅި މެޗުގައި ވެސް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ.
މި މެޗުގައި މިސްރަށް ވެސް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއްވަރު ލިބުނެވެ. އެއީ ކައުންޓަ އެޓޭކުގައި ކެޕްޓަން މުހައްމަދު ސަލާހު ސެނެގާލްގެ ގޯލަށް ފޮނުވާލި ދެ ހަމަލާ އެވެ. މި ދެ ހަމަލާވެސް ވީ ނާކާމިޔާބެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ދެ ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. މި ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 2-4 އިން މިސްރުގެ މައްޗަށް ކުރި ހޯދީ ސެނެގޯލްއެވެ.
އެފްރިކަން ކަޕް އޮ ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސެނެގޯލުން ހޯދިއިރު، މިއީ މި މުބާރާތުގެ ތާރީޚުގައި ސެނެގޯލް ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ. ނަމަވެސް އެޓީމުން ވަނީ މި މުބާރާތުގެ ފައިނަލުގައި މީގެ ކުރިން ދެ ފަހަރު ކުޅެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް