ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މިއަދު އައިޖީއެމްއެޗުގައި މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދިންގޮތުގައި މަރުވެފައިވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ހުރި ސ. ފޭދޫ، ސްނޯ ވައިޓް ހަސަން ސައީދު 51، އެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު 2:30 ހާއިރު އެވެ.
ކަރެކްޝަންސް އިން ބުނީ އައިޖީއެމްއެޗަށް އޭނާ ގެންދިޔައީ ރޭ ދަންވަރު މޭގައި ރިއްސާތި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނޭވާ ނުލެވިގެން މެޝިންގެ އެހީގައި ނޭވާލެއްވުމަށް ފަހު ކަމަށެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ، ހަސަން ސައީދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 19 އިން ފެށިގެން 15 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ގެންދާ މީހެއް ކަމަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް