އަހަރަކާއި ގާތްވެފައި ވަނިކޮށް އިމްރާންގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބާއްވަނީ

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް 10މަސް ފަހުން މާދަމާއަށް ތާވަލު ކޮށްފި އެވެ. ހައިކޯޓުގައި މާދަމާ ބާއްވާ އަޑުއެހުން ...

07 Feb 2017 | 09:46

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް 10މަސް ފަހުން މާދަމާއަށް ތާވަލު ކޮށްފި އެވެ.

ހައިކޯޓުގައި މާދަމާ ބާއްވާ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިފަނީ ހެނދުނު 10:15 ގައި އެވެ. އެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އެޕްރިލް ހަތެއްގައި އެވެ.

ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރު ބޭއްވި މޭޑޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ.

އިމްރާންގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ މާދަމާ އޮންނަ އިސްތިއުނާފު އަޑުއެހުމަށް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަމަށެވެ.

https://twitter.com/alixahir/status/828874377529659393

އެންމެ ފަހުން ބޭއްވި އިސްތިއުނާފު ޝަރީއަތުގައި އަޑުއެހުންތައް ނިންމާލާފައި ވީނަމަވެސް މާދަމާ އޮންނަ އަޑު އެހުމުގައި ހުކުމް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވާ ފަނޑިޔާރު ޝުޖާއު އުސްމާނު ހައިކޯޓު ދެކުނު ގޮތްޕަށް ބަދަލު ކުރުމުންނެވެ. އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، ފަނޑިޔާރުންގެ ބެންޗަށް ބަދަލެއް އަތުވެއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

އިމްރާން ޖަލަށްލާން ހުކުމް ކުރިޔަސް ޖަލުގެ މަރާމާތުތަކެއް ކުރަމުންދާތީ، މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް