މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ދެ ޒުވާނަކު ހޯދަން، ފުލުހުން އިއުލާނުކޮށްފި އެވެ.
ހޯދަމުންދަނީ ތ. ވިލުފުށި، ޗާނދަނީގެ، މުޙައްމަދު ޝަފީޤް (33އ) އާއި ހ. ފިލިކުރިގެ ޙުސައިން މޫސާ (33އ) އެވެ .
ފުލުހުން ބުނީ މި ދެމީހުންވެސް ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ނުވަތަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް