ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ފައިސާގެ އެހީ ދީފި އެވެ.
އެހީގެ ގޮތުގައި ދީފައިވަނީ 73،248،65 ރުފިޔާ އެވެ. އެ އެސޯސިއޭޝަނާއި މި ފައިސާ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް ސައީދު ހަވާރު އަލީ ޝާހު އެވެ. އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ފައިސާއާ ހަވާލުވެލެއްވީ އެ އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން އެވެ.
އޯޓިޒަމް އެސޯސިއޭޝަނުން ދަނީ ހުޅުމާލޭގައި އޯޓިޒަމް ކުދިންނަށް ކިޔަވައިދިނުމަށް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ މި ފައިސާ ހަރަދު ކުރާނީ އެތަނަށް ބޭނުންވާ ޓީޗިން މެޓީރިއަލްސްތަކާއި ސްޓޭޝަނަރީސް ގަތުމަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.
އޯޓިޒަމް އެސޯސިއޭޝަނަށް އެކި ފަރާތްތަކުން އެހީވަމުން ދާއިރު ދާދިފަހުން ވަނީ ޗައިނާ އެމްބަސީ އާއި ދިރާގުންވެސް އެ އެސޯސިއޭޝަނަށް އެހީ ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް