އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ފްރާންސްގެ ގައުމީ އެއާ ލައިން އެއާ ފްރާންސްގެ ދަތުރުތައް މިއަހަރު ރާއްޖެއަށް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ. އެއާ ފްރާންސުން ނެފެރައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ ނޮވެމްބ...

07 Feb 2017 | 07:08

ފްރާންސްގެ ގައުމީ އެއާ ލައިން އެއާ ފްރާންސްގެ ދަތުރުތައް މިއަހަރު ރާއްޖެއަށް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެއާ ފްރާންސުން ނެފެރައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ ނޮވެމްބަރު އެކަކުން ފެށިގެން ކޮންމެ ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރަން ނިންމާފައިވާ ކަމަށެވެ. ހޮނިހިރު އަދި ބުދަ ދުވަހު ފްލައިޓު އޮޕަރޭޓު ކުރަން ނިންމާފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޝާލެ ޑެ ގޯލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަދި ރާއްޖެއިން ފްރާންސަށް ދާ ފްލައިޓު އޮންނަނީ ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ.

ރާއްޖެ އަށް ކުރާ ދަތުރުތަކަށް އެއާ ފްރާންސުން ބޭނުން ކުރާނީ ބޮއިން 200-777 މަރުކާގެ ބޯޓެކެވެ. މި ބޯޓުގައި 260 އިކޮނޮމީ ކްލާސް ސީޓާއި 24 ޕްރިމިއަމް އިކޮނޮމީ ކްލާސް ސީޓުގެ އިތުރުން، 28 ބިޒްނަސް ކްލާސް ސީޓު ހިމެނެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް ކުރާދަތުރުތަކަކީ ފެންވަރު ރަނގަޅު ދަތުރުތަކަކަށްވާނެ ކަމަށެވެ. އަދި ރާއްޖެއާއި ފްރާންސާއި ދެމެދު ސީދާ ދަތުރުތައް ފެށުމުން ޗުއްޓީ ހޭދަކުރަން ދާ މަންޒިލްތަކަށް ހިދުމަތް ދިނުމުގައި އިތުުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށެވެ.

ރާއްޖެ އަށް މިހާރު ވެސް 30 އަށް ވުރެ ގިނަ ބޭރުގެ އެއާލައިންތަކުން ދަތުރު ކުރެ އެވެ.

މީގެ އިތުރުން، މި އަހަރުގެ ތެރޭގައި އާ ތިން އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޔޫރަޕުގެ އެއާލައިނެއްގެ އިތުރުން، އިންޑިއާގެ އެއާލައިނަކާއި ޗައިނާގެ ގައުމީ އެއާލައިން ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް