މޫނު ބުރުގާ މައްސަލައިގަ މުޒާހަރާ ކޮށްދޭން ސަލަފުން އެމްޑީޕީއަށް ގޮވާލައިފި

ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ ނޭޅޭ މައްސަލައިގަ މުޒާހަރާ ކޮށްދޭން ޖަމިއްޔަތުއް ސަލަފުން އެމްޑިޕީއަށް ގޮވާލައިފި އެވެ. އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް އެމްޑިޕީއަށް ...

07 Feb 2017 | 06:51

ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ ނޭޅޭ މައްސަލައިގަ މުޒާހަރާ ކޮށްދޭން ޖަމިއްޔަތުއް ސަލަފުން އެމްޑިޕީއަށް ގޮވާލައިފި އެވެ.

އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް އެމްޑިޕީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މޫނު ބުރުގާ އަޅާ އަންހެނުންނަށް އެމީހުން ބޭނުން ވަޒީފާއެއް ސަރުކާރުގައި އަދާކުރުމުގެ ފުރުސަތު އޮތުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް އެމްޑީޕީން ގަބޫލު ކުރާނަމަ މޫނު ބުރުގާ އެޅި އަންހެނުންނާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ކުށްވެރިކޮށް އިހްތިޖާޖުކޮށްދިނުން އެދޭ ކަމަށެވެ.

އެ ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ އެ ނިންމުމަކީ މޫނު ބުރުގާ އަޅާ އަންހެނުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ. އަދި ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށްވުމާ އެކު އިސްލާމީ ފޭރާން އަޅައިގެން ވަޒީފާ އަދާކުރަމުން ގެންދާ އަދި ވަޒީފާ އަދާކުރަން ބޭނުންްވާ މީހުންނަށް އެ ހައްގު ސަރުކާރުގައި ނެތުމަކީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އެ ޖަމްއިއްޔާ އިން ބުނެފައިވެ އެވެ.

އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ މި ނިންމުމާއި މެދު އެމްޑީޕީން ދެކޭގޮތް އެ ޖަމިއްޔާއަށް އަންގައި ދިނުމަށް އެދޭ ކަމަށެވެ.

މުޒާހަރާ ކޮށްދިނުމަށް ސަލަފުން އެމްޑީޕީގައި އެދިފައިވާއިރު ސަލަފާއި އެހެން ދީނީ ޖަމިއްޔާތަކުން އިސްވެ އޮވެ ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ލާދީނީ ކަމަށް ބުނެ އޭރު ބޮޑު މުޒާހަރާއެއް ކޮށްފައި އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ކުރަމުންދާ ލާދީނީ ކަންކަން ފާހަގަކޮށް ދީނީ އިލްމުވެރިން ހައްގު ބަސް ބުނަމުން ނުދާކަމަށް އެމްޑިޕީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް