ބޮލީވުޑަށް ލޯބިކުރާ ފަރާތްތަކަށް އުރީދޫގެ ފަރާތުން އުފާވެރި ހަބަރެއް، "އިރޮސް ނައު" ރާއްޖެއަށް

އުރީދޫއިން އިރޮސް އާއި ގުޅިގެން، މަގްބޫލް ކޮންޓެންޓް ޕްލެޓްފޯމް އިރޮސް ނައު ރާއްޖޭގައި ތައާރަފްކޮށްފިއެވެ. އުރީދޫ އިން ހާމަކުރާގޮތުގައި މި ޚިދުމަތް މެދުވެރިކޮށް، ބޮލީވުޑްގެ ފިލްމުތަކާއި އިންޑިޔާގެ ވީޑ...

07 Feb 2017 | 06:04

އުރީދޫއިން އިރޮސް އާއި ގުޅިގެން، މަގްބޫލް ކޮންޓެންޓް ޕްލެޓްފޯމް އިރޮސް ނައު ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

އުރީދޫ އިން ހާމަކުރާގޮތުގައި މި ޚިދުމަތް މެދުވެރިކޮށް، ބޮލީވުޑްގެ ފިލްމުތަކާއި އިންޑިޔާގެ ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓްގެ އެންމެ ބޮޑު ކަލެކްޝަން އިންޓަރނެޓް ޑިވައިސްތައް މެދުވެރިކޮށް ފަސޭހަކަމާއިއެކު ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

"އިރޮސް ނައުގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ ސީރީސްތައް، ވީޑިއީ އަދި އޯޑިއޯ ކޮންޓެންޓް އޭގެ އެންމެ ފުރިހަމަގޮތުގައި އަދި އެއްވެސް އިސްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލާ ތަޖުރިބާކޮށްލެވޭނެ، ހަމައެއާއިއެކު  ކޮންޓެންޓް ޑައުންލޯޑް ކުރައްވާ، އޮފްލައިންކޮށްވެސް މި ޚިދުމަތް ބޭނުންކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ"  އުރީދޫ އިން މައުލޫމާތު ދެ އެވެ.

އިރޮސް ނައު އަށް ސަބްސްކްރައިބް ކުރުމަށް 3 ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ.

އުރީދޫއިން ހާމަކުރާގޮތުގައި ކުރިއަށްއޮތް ތަނުގައިވެސް، އުރީދޫއިން މަސައްކަތްކުރަމުން ގެންދާނީ، ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅިގެން، ކަސްޓަމަރުންނަށް ކަމުދާ ޚިދުމަތްތަކާއި، އެޕްތައް މެދުވެރިކޮށް، އިތުރަށް ފުރިހަމަ ޑިޖިޓަލް އެކްސްޕިރިއަންސްއެއް ކަސްޓަމަރުންނަށް ހޯދައިދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް